ވިޔަފާރި , ޚަބަރު

އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއު ހިންގުމަށް ކެނެޑާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

މި މަޝްރޫޢުން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ

ޖުލައި 1, 2025 - 12:53
 0
އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއު ހިންގުމަށް ކެނެޑާގެ ކުންފުންޏަކާއެކު ސޮއިކޮށްފި
އެސްއީޒް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް

ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި (އެސްއީޒެޑް) ފުރަތަމަ މަޝްރޫއު ހިންގުމަށް ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު އެއްބަސްވުމެއްގައި މިއަދު ސިންގަޕޫރުގައި ސޮއިކޮށްފިއެވެ.

ސިންގަޕޫރުގައި ކުރިއަށްދާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް އެވެ. އަދި އަބްރަކްސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.

މި ފޯރަމްގައި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވަނީ ހިއްސާކޮށްފައެވެ.

187 މިލިއަން ޑޮލަރުގެ މި މަޝްރޫއަކީ 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް މުޢިއްޒު ވެލައްވާފައިވާ ވަޢުދުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފައްދައި، ތެލަށް ކުރާ ހޭދައިން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއު، ފްލޯޓިން ސޯލާ މަޝްރޫއުއަށް ހުއްދަދީފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި ފޯރަމްގައި އިތުރު ދެ އެއްބަސްވުމެއްގައި ވެސް ސޮއިކުރެވުނެވެ. އެގޮތުން ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އިންވެސްމަންޓް ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާއެކު އިންވެސްމަންޓް ސާވިސް އެގްރިމެންޓެއްގައި ސޮއިކުރެވުނެވެ. އަދި ސިންގަޕޯރިއަން ކޯޕަރޭޝަންއާ އެކުވެސް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0