ލޯކާއަށް 100 އަހަރު ފުރުން ހުކުރުދުވަހު ކުލަގަދަކޮށް ފާހަގަކުރަނީ
ރާއްޖެއަށް ޔޫރޯ ސްޓޯރުން އެތެރެކޮށްް ވިއްކަމުންދާ ލޯކާ ބްރޭންޑަށ 100 އަހަރު ފުރުން ހުކުރު ދުވަހު ކުލަގަދަކޮށް ފާހަގަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ޔޫރޯ ސްޓޯރުން މަޢުލޫމާތުދޭ ގޮތުގައި ލޯކާއަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހުޅުމާލޭ ރެޑްބުލް ސްކޭޓް ޕާކު ސަރަހައްދުގައެވެ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ހަރަކާތުގައި ލޯކާގެ އައު އުފެއްދުންތަކުގެ ސާމްޕްލިންގެ ރަހަ ބަލާލުމުގެ ފުރުސަތު ދެވޭނެ ކަމަށާއި މި ހަރަކާތް ކުރިއަށް ގެންދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށް ކަމަށް ޔޫރޯ ސްޓޯރުން މަޢުލޫމާތު ދެއެވެ.
ޔޫރޯ ސްޓޯރުން ރާއްޖެ އަށް ލޯކާގެ އެކި ބާވަތްތައް ގެނެސް ވިއްކަން ފެށީ މީގެ 12 އަހަރު ކުރިންނެވެ.
ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ލޯކާގެ ބާވަތްތައް ލިބެން ހުރިއިރު މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންވެސް ގަޔާވާ އުފެއްދުމެކެވެ.






ރިއެކްޓް