ވިޔަފާރި , ކުޅިވަރު

ދިވެހި ސާފް ލީގު 2026 ގެ ކޯ-ޕާޓްނަރަކަށް ޔޫރޯ މާކެޓިންގް!

14 ޖޫން 2026 - 15:15
ދިވެހި ސާފް ލީގު 2026 ގެ ކޯ-ޕާޓްނަރަކަށް ޔޫރޯ މާކެޓިންގް!

ދިވެހިރާއްޖޭގައި ސާފިންގް ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިވެހި ސާފް ލީގު 2026 ގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ މާކެޓިންގް އިން ބައިވެރިވެއްޖެ އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިއަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ޖޫން 17 އިން 20 އަށް ފުވައްމުލަކުގެ "އެލީސް ސާފް ބްރޭކް" ގައެވެ. މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ރާޅާ އެޅުންތެރިން، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ސާފް މަންޒިލުގައި ވާދަކުރާނެއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، މުބާރާތް ކުރިއަށްދާ މުއްދަތުގައި ޔޫރޯ މާކެޓިންގްގެ ފަރާތުން "ޔޫރޯ ސްޓޯރ ކިއޯސްކް" އެއް ހިންގާނެއެވެ. މީގެ ސަބަބުން މުބާރާތް ބަލަން އަންނަ ފަރާތްތަކަށާއި، އެތުލީޓުންނަށް އަދި އޮފިޝަލުންނަށް އެ ކުންފުނީގެ ޕްރީމިއަމް ކާބޯތަކެތީގެ ބްރޭންޑްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ކިއޯސްކުން ލިބެން ހުންނާނެ އުފެއްދުންތަކުގެ ތެރޭގައި ސަމޮންޓާނާ ޖެލާޓޯ، ލަވާޒާ ކޮފީ، ޑާނޯ ކިރު އަދި ޗީބޯ ކޮފީ ހިމެނެއެވެ. ކުންފުނިން ހާމަކުރި ގޮތުގައި، މި އެއްބާރުލުމަކީ ރާއްޖޭގެ ކުޅިވަރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ގައުމީ ފެންވަރުގެ ބޮޑެތި ހަރަކާތްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްގައިމު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ހެކިލުމެކެވެ.

މުބާރާތް ކުރިއަށްދާ ހަތަރު ދުވަހުވެސް ޔޫރޯ ސްޓޯރ ކިއޯސްކް ހުޅުވިފައި ހުންނާނެ ކަމަށާއި، އުފެއްދުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު މުޅި މުބާރާތުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވްސް ސާފިންގް އެސޯސިއޭޝަނުން އިންތިޒާމުކުރާ ދިވެހި ސާފް ލީގަކީ ރާއްޖޭގެ އެންމެ ބޮޑު ވާދަވެރި ސާފިންގް މުބާރާތެވެ. މި މުބާރާތަކީ އެތުލީޓުންނާއި، ސްޕޮންސަރުން އަދި ސަޕޯޓަރުންގެ މެދުގައި ދުވަހުން ދުވަހަށް މަގުބޫލުކަން އިތުރުވަމުން އަންނަ މުބާރާތެކެވެ. 2026 ވަނަ އަހަރުގެ ލީގު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 17 އިން 20 އަށް، ފުވައްމުލަކުގެ މަޝްހޫރު ސާފް ޕޮއިންޓެއް ކަމަށްވާ "އެލީސް ސާފް ބްރޭކް" ގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0