ވިޔަފާރި , ޚަބަރު

ޖުލައި އެކަކުން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަކީ 500 ޑޮލަރު

ޖުލައި އެކަކުން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަކީ 500 ޑޮލަރު

ޖޫން 30, 2025 - 11:30
ޖުލައި 1, 2025 - 02:03
 0
ޖުލައި އެކަކުން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަކީ 500 ޑޮލަރު
ޖުލައި އެކަކުން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަކީ 500 ޑޮލަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާއިން ފެށިގެން އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައި އޮންނަ މަހު ލިމިޓް 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފިއެވެ.

ބޭންކުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ މާދަމާ އިން ފެށިގެން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް 500 ލިމިޓަށް ބޮޑުކުރި ނަމަވެސް، ޑެބިޓް ކާޑުތަކުން "ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް" ބައެއް ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ.

މި ބަދަލުތަކުގެ ތެރޭގައި، ރާއްޖޭން ބޭރުގައި އޭޓީއެމްތަކުން ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 125 ޔޫއެސް ޑޮލަރަށް ކަނޑައަޅައި، ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުން 10 ޑޮލަރުގެ ޗާޖެއް ނެގުން ހިމެނެއެވެ. މި ބަދަލު ގެނެސްފައިވަނީ ރާއްޖޭން ބޭރަށް ދަތުރު ނުކުރާ ކަސްޓަމަރުންގެ ކާޑުތައް ރާއްޖޭން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނެގުމަށް ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީއެވެ.

ނަމަވެސް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް ކުރިއެކޭ އެއްގޮތަށް ކަނޑައަޅާފައިވާ ލިމިޓު ބޭނުންކުރެވޭނެކަމަށް ބޭނުން މައުލޫމާތުދިނެވެ. މީގެ އިތުރުން، ދެން ލިމިޓު އާ ވާނީ ކޮންމެ މަހެއްގެ ފުރަތަމަ ދުވަހުއެވެ. ކުރިން ލިމިޓު އާ ވަނީ ކޮންމެ މަހެއްގެ 17 ވަނަ ދުވަހުއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0