ގަރުނަކަށްވުރެ ގިނަ އަހަރުވީ ލޯކާއިން ގުދުރަތީ މީރު ރަހަތައް ޔޫރޯ އިން
ކެއުންތަކަށް މަޝްހޫރު އިޓަލީގެ ގިނަ އުފެއްދުންތަކަކީ އެތައް ބަޔަކު ބަލައިގަންނަ ރަހަތަކެކެވެ. ރަހަޔާ އެއްވަރަށް ފެންވަރު ވެސް އެތައް ގުނައެއް މަތީގެ އުފެއްދުންތަކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭނެ އެއް ބްރޭންޑަކީ 1925 ވަނަ އަހަރު އިޓަލީގައި "ލޯކާ" ގެ ނަމުގައި ހުޅުވި ޕޭސްޓްރީ ޝޮޕުން މާކެޓަށް ނެރުނު ލޯކާ ބްރޭންޑެވެ.
ކޫޑަކުޑަ ޕޭސްޓްރީ ޝޮޕަކުން ތައާރަފް ކުރި ނަމަވެސް ލޯކާއަކީ މިއަދު މުޅި ދުނިޔެއަށް މަގުބޫލު ބްރޭންޑެކެވެ. ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ލޯކާ ބްރޭންޑް ވިއްކަމުން އަންނައިރު ގިނަ ބައެއްގެ އިތުބާރު ވަނީ ހޯދައިފަ އެވެ.
އެންމެ ފުރަތަމަ ދުވަހު ލޯކާ ބާޒާރަށް ނެރުނީ ރަނގަޅު ފެންވަރުގެ އުފެއްދުންތައް ހިމަނައިގެންނެވެ. އާޓިފިޝަލް އެއްވެސް އިންގްރިޑިއެންޓެއް ބޭނުން ނުކޮށެވެ. ލޯކާގެ މީރު ރަހަތަކުގެ ފަހަތުގައި ވަނީ ދެމެހެއްޓެނިވި އުފެއްދުމުގެ ނަމޫނާ އެކެވެ.
ޓަސްކަނީގެ ހޭޒަލްނަޓް ބަގީޗާތަކުން ފެށިގެން، އިކުއެޑޯރް އަދި އައިވަރީ ކޯސްޓްގެ ކޮކޯ ދަނޑުތަކާއި، އިޓަލީގެ އެލްޕައިން މިލްކްފާމުތަކާއި، މެޑަގަސްކާގެ ވެނިލާ ދަނޑުތަކާ ހަމައަށް، ލޯކާ ވޭފައެއްގައި ހިމެނޭ ކޮންމެ އިންގްރީޑިއަންޓެއްގެ ރަހަ ވެސް ގެނެސްދީފައިވަނީ އެތިކަލީ ވެސް ފުރިހަމައަށެވެ.
ލޯކާގެ ވެފާގައި ހިމެނޭ ކޮންމެ ހޭޒަލްނަޓެއް ވެސް އޭގެ ތަބީއީ މީރުކަން ހިފެހެއްޓުމަށްޓަކައި އިޓަލީގައި އަލުން ރޯސްޓް ކުރެވެ އެވެ. ޗޮކްލެޓަށް ބޭނުންވާ ކޮކޯ ބީންސް ހޯދަނީ ދަނޑުވެރި އާއިލާތަކަށް ނަފާވާނެ ގޮތަށް ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދީ، އަންހެނުން ބާރުވެރިކުރުވޭނެ ގޮތަށް މަގުފަހިކޮށްދީގެންނެވެ. ލޯކާގެ ފިލިންގްތަކަށް ހާއްސަ ކިރު ނެގެނީ އިޓަލީގެ ސާފު އެލްޕައިން ސަރަޙައްދުތަކުންނެވެ. މި ކިރު ޕްރޮސެސްކުރަނީ ލޯކާގެ އަމިއްލަ ކިރު ޕްލާންޓްގައި އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ރަހައަށް ބަދަލު ނުގެނެސް އެވެ. ވެނީލާ މަލުގެ މީރު ރަހަ ހޯދަނީ ލޯކާއިން ސާފު ފެނާއި ދެމެހެއްޓެނިވި އިޖުތިމާއީ ޕްރޮޖެކްޓުތައް ހިންގަމުން އަންނަ މަޑަގަސްކަރުގެ އަވަށްތަކުގައި ހައްދައިގެންނެވެ.
100 އަހަރުވީ ލޯކާގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކީ ވެސް މި އެވެ; ގުދުރަތީ މުއްސަނދި, ދެގޮތެއް ނުވާ މީރު ރަހަތަކެވެ.
ލޯކާގެ މީރު ރަހަތައް ރާއްޖޭގެ ބާޒާރަށް ގެނެސްދިނީ މީގެ 12 އަހަރު ކުރިން ޔޫރޯ ސްޓޯރުންނެވެ. ޔޫރޯ ސްޓޯރުން ލޯކާ ބްރޭންޑުގެ ހުރިހާ ވައްތަރެއްގެ ވަފާގެ އިތުރުން 100 ވަނަ އަހަރީ ދުވަހާ ގުޅިގެން ވިއްކާ ލިމިޓެޑް އެޑިޝަން ވެފާތައް ވެސް ލިބޭނެ އެވެ.






ރިއެކްޓް