ޚަބަރު

ފަސް ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރަން ފަށައިފި

17 މޭ 2026 - 09:52
ފަސް ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރަން ފަށައިފި

ލޯކަލް ކައުންސިލް އިންތިޚާބުން 5 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް މިއަދު ފަށައިފިއެވެ.

ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މީގެ ކުރިން ވަނީ މިއަދު ހުވާ ކުރުން އޮންނާނެކަމަށް އިއުލާނު ކޮށްފައެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތަކުގެ ދައުރަކީ 5 އަހަރު ދުވަހެވެ. ނިމުނު ދައުރުގައި ކައުންސިލްތަކުގައި ތިއްބެވި ކައުންސިލަރުން ހުވާކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު ކަމަށްވާތީ، ގާނޫނީ ގޮތުން އާ ކައުންސިލަރުން މިއަދު މަގާމުގެ ހުވާ ކުރަންޖެހެއެވެ. ކައުންސިލަރުންނާއެކު، އަލަށް އިންތިޚާބުވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހުވާކުރުންވެސް މިއަދު ކުރިއަށްދާނެއެވެ.

އެލްޖީއޭއިން ބުނެފައިވަނީ ހުވައިކުރުމުގެ ރަސްމިއްޔާތުތައް މިއަދު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، ރަސްމިއްޔާތުތައް ބާއްވާނެ ގަޑިތައް ކަނޑައަޅާނީ އެ ރަށަކަށް ފަނޑިޔާރުން ލިބެން ހުރި ގޮތަށް ބަލައިގެން ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކަށް 681 މެންބަރުން އިންތިޚާބުވެފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް 681 މެންބަރުން ވަނީ އިންތިޚާބުވެފައެވެ. އެހެންކަމުން ދެ އިންތިޚާބުގައި ޖުމްލަ 1362 މެންބަރުން މިއަދު މަގާމުގެ ހުވާ ކުރާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0