ޚަބަރު , ސިޔާސީ

ތިން ރައީސުންނަށް ރައްކާތެރިކަން ދިނުމަށް ތިބި ބޮޑީގާޑުންނަށް އެސްއޯ ފުލުހުން ހުރަސް އަޅައިފި

15 މޭ 2026 - 23:53
ތިން ރައީސުންނަށް ރައްކާތެރިކަން ދިނުމަށް ތިބި ބޮޑީގާޑުންނަށް އެސްއޯ ފުލުހުން ހުރަސް އަޅައިފި
މިރޭގެ އެއްވުމުގެ ތެރެއިން. ފޮޓޯ: ވިރާސީ

ކުރީގެ ތިން ރައީސުންގެ ރައްކާތެރިކަމަށް ތިބޭ ބޮޑީގާޑުންނަށް، އެއްވުން ހުއްޓުވުމަށް ހަރަކާތްތެރިވި އެސްއޯ ފުލުހުން ހުރަސްއަޅައި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުالله ޔާމީން، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، އެ ބޭފުޅުން ގެއަށް ވަޑައިގަތުމަށް މަގަށް ނިކުތް ވަގުތު އެސްއޯ ފުލުހުން ވަނީ ޝީލްޑުތަކާއެކު މަގުތަށް ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން ރިޕޯޓުތައް ބުނެއެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބޮޑީގާޑުން ވަނީ އެ ބޭފުޅުންގެ ކާޑު ތަކުރާރުކޮށް ދައްކައި، ރައީސް ސޯލިހު ގެއަށް ވަޑައިގަތުމަށް ހުރަސްނޭޅުމަށް އެސްއޯ ފުލުހުންގެ ކިބައިން އެދިފަ އެވެ. ނަމަވެސް، އެސްއޯ ފުލުހުން އެ ފުރުސަތު ދީފައި ނުވާކަން ފާހަގަކުރެވެ އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި 'ވިރާސީ' ގެ ނޫސްވެރިންނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު، ރަޔަޓް ގިއަރުގައި ތިބި ފުލުހުން ވަނީ "ކޮން ރައީސެއް" ހޭ ބުނެ ސުވާލުކޮށްފަ އެވެ. އަދި ޝީލްޑުތަކާއެކު މުޒާހަރާގެ ބައިވެރިންނާއި ކުރީ ސަފުގައި ތިބި ތިން ރައީސުންނަށް ހަމަލާދީފައިވާ ތަންވެސް ނޫސްވެރިންނަށް ފެނިފައިވެ އެވެ.

މިކަމާ ގުޅިގެން ހިނގި ހަމަނުޖެހުމާ ގުޅިގެން ރައީސް ސޯލިހަށް އަނިޔާވިކަން ގާތް ބޭފުޅަކުވަނީ 'ވިރާސީ' އަށް ކަށަވަރުކޮށްދީފަ އެވެ. އަދި ރައީސް ނަޝީދަށްވެސް އަނިޔާވެފައިވާކަމަށް 'ވިރާސީ' އަށް މައުލޫމާތުލިބެ އެވެ. ރައީސް ޔާމީނަށް އަނިޔާވިކަން އަދި ސާފެއް ނުވެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0