ޚަބަރު

ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ

27 ޖޫން 2026 - 14:01
ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ

އދ. ހަންޏާމީދޫގައި އިއްޔެ ހަވީރު ހިނގި ހިތާމަވެރި ހާދިސާއެއްގައި، ބަގީއަކާއެކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. 

މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ޑެއިޒީވިލާ، އުމުރުން 13 އަހަރުގެ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި ބަގީ ސްޓާޓްކޮށް ދުއްވާލި ވަގުތު ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓުމުގެ ސަބަބުންނެވެ. ބަގީއާއެކު ކުއްޖާ މޫދަށް ވެއްޓުނު ވަގުތު އެ ސަރަހައްދުގައި އޮތް ދޯންޏެއްގައި ޖެހި ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަނަސް ނިޔާވީ ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ކުއްޖާ ނިޔާވި ފަހުން، ފުލުހުންގެ ތަހުގީގަށް ބޭނުންވާ ބައެއް ޓެސްޓުތައް ހެދުމަށްޓަކައި އެ އަތޮޅު މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށްވެސް ކުއްޖާގެ ހަށިގަނޑު ގެންގޮސްފައިވެއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވި އަނަސްގެ ޖަނާޒާ ބާއްވާފައިވަނީ ރޭ ދަންވަރު 12:00 ޖެހިއިރު ހަންޏާމީދޫގައެވެ. 

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0