ޚަބަރު

އެމްޕީއެލް ބާޖަކުން ވެއްޓުނު ކޮންޓެއިނަރުތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

28 ޖޫން 2026 - 00:08
އެމްޕީއެލް ބާޖަކުން ވެއްޓުނު ކޮންޓެއިނަރުތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ކޮންޓެއިނަރުތައް އޮޔާދާތީ އެމްޕީއެލްގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ މިރޭ (27 ޖޫން 2026) ގެ 23:10 އެހައިކަންހާއިރުއެވެ.

މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

މި ހާދިސާއާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން، ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0