ޚަބަރު

މާލޭގައި ކުރިއަށްދާ ހިނގާލުމުގެ ތެރެއިން މީހުން ހައްޔަރުކުރަން ފަށައިފި

15 މޭ 2026 - 23:27
މާލޭގައި ކުރިއަށްދާ ހިނގާލުމުގެ ތެރެއިން މީހުން ހައްޔަރުކުރަން ފަށައިފި

މާލޭގައި މިރޭ ކުރިއަށްދާ ހިނގާލުމުގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހައްޔަރުކުރަން ފަށައިފިއެވެ.

މި ހިނގާލުމަކީ ތިން ރައީސުންގެ ބައްދަލުވުމަށްފަހު ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް ރައީސުން ކުރީގައި ތިއްބަވައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

މި ހިނގާލުމުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރަމުންދަނީ ނޫސްވެރިންނާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ މެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ އުސޫލުތަކާ މެދުގައެވެ. ހިނގާލުމުގެ ބައިވެރިން ދަނީ ސަރުކާރުގެ އަމަލުތަކަށް ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ.

މިރޭގެ ހިނގާލުމުގެ ތެރެއިން މީހުން ހައްޔަރުކުރަން ފަށާފައިވާއިރު، އެ ސަރަހައްދުގައި އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާތަނަށް ހައްޔަރުކުރި މީހުންގެ ސީދާ އަދަދެއް އަދި ސާފުވެފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0