ޚަބަރު

މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ދަނީ ހާލަތާ ނުބައްދަލު ބާރު ބޭނުންކުރަމުން

14 މޭ 2026 - 23:58
މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ދަނީ ހާލަތާ ނުބައްދަލު ބާރު ބޭނުންކުރަމުން

ނުހައްޤޤުންް ޖަލަށް ލާފައިވާ ނޫސްވެރިން ދޫކޮށްްލުމަށް ކުރަމުންދާ މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެސްއޯ ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކުރަން ފަށައިފިއެވެ.

މުޒާހަރާ ހުއްޓުވުމަށާއި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ދަނީ މުގުރާއި ޕެޕާ ސްޕްރޭ ބޭނުންކުރަމުންނެވެ. މިގޮތުނ މުޒާހަރާގެ ބައިވެރިންގެ މޫނުގައި ޖެހޭ ހިސާބުގައި ތިބެ ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލުމަށ ފުލުހުން ދަނީ މުގުރުގެ ބޭނުންކުރަމުންނެވެ.

ރައީސްއާއި ސުވާލުކުރުމުގެ ކުށުގައި ޖަލަށް ލާފައިވާ ނޫސްވެރިޔާ ޝަހުޒާންއާއި ކޯޓުން ނެރުނު އަނގަބަންދު އަމުރެއްްގެ ހަބަރު ލިޔެގެން ޖަލަށް ލާފައިވާ ނޫސްވެރިޔާ ލީވާން އާއި އެ ދެމީހުންގެ ދިފާޢުގައި އަޑުއުފުލުމުގެ ކުށުގައި ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ގޮވާލަމުންްދާ މީހުންގެ ތެރެއިން ފުލުހުން ދަނީ މިހާރު މީހުން ހައްޔަރުކުރަން ފަށާފައެވެ.

މިގޮތުންްް މުޒާހަރާ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވާއިރު، މުޒާހަރާ ފެށުމުގެ ކުރިންވެސް ވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ހައްޔަރުކޮށްފައެވެ.

ނޫސްވެރިންގެ ދިފާޢުގައި މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންދާ ވަގުތެއްގައި ރައީސް ވަނީ ޕީއެންސީގެ ޖަލްސާއެއްގައި ނޫސްވެރިންނަށް ގޮންޖައްސަވައި ވާހަކަފުޅުދައްކަވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0