ޚަބަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުން މަހީރާ ވަކިކޮށްފި

24 ޖުލައި 2026 - 22:31
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުން މަހީރާ ވަކިކޮށްފި
ޓްރައިބިއުނަލްގެ ކުރީގެ ރައީސް އިސްހާގު އަދި ކުރީގެ ނައިބު ރައީސް މަހީރާ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކޮށްފި އެވެ.

މަހީރާ މި މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މަހީރާ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ 15 އޭޕްރީލް 2024 ގައެވެ. އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން، ޓްރައިބިއުނަލްގެ ރަސްމީ ވެބްސައިޓުން ވެސް މިހާރު ވަނީ އޭނާގެ މައުލޫމާތުތައް އުނިކޮށްފައެވެ.

މަހީރާ މަގާމުން ވަކިކޮށްފައި މިވަނީ، ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އަމްޖަދު މުސްތަފާ މިދިޔަ އަންގާރަ ދުވަހު އައްޔަން ކުރެއްވުމާ އެކުގައެވެ. އަމްޖަދު އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އިސްހާގު ހުސައިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަގާމުން އިސްތިއުފާ ދެއްވި އިސްހާގު ހުސައިން އާއި މަގާމުން ވަކިކުރި މަހީރާ އަކީ ވެސް އެއް ދުވަހެއްގައި ޓްރައިބިއުނަލްގެ އިސް މަގާމުތަކަށް އައްޔަންކުރެވުނު ދެ ބޭފުޅުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0