ޚަބަރު

ޑޮކިއުމެންޓަރީގެ ސަބަބުން ލިބުނީ ފައިދާ: ރައީސް

14 މޭ 2026 - 23:14
ޑޮކިއުމެންޓަރީގެ ސަބަބުން ލިބުނީ ފައިދާ: ރައީސް

"އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓަރީގެ ސަބަބުން ލިބުނީ ހުސް ފައިސާ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ޑޮކިއުމެންްޓަރީގެ ވާހަކަ ޖަލްސާއެއްގައި ދައްކަވައިފިއެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެދުމަކީ ގިނަގިނައިން އެމަނިކުފާނުގެ ވާހަކަ ހިމަނައިގެނ ޑޮކިއުމެންޓަރީ އުފައްދާ ޝާއިއުކުރުން ކަމަށާއި މިހާރު ނެރެގެން އުޅޭ ޑޮކިއުމެންޓަރީގެ ސަބަބުން ވެސް އެމަނިކުފާނަށް ލިބުނީ ހުސް ފައިދާ ކަމަށެވެ.

ނަމަވެސް ލިބުނު ފައިދާތަކުގެ މާބޮޑު ތަފްސީލެއް ރައީސް ނުދެއްވައެވެ.

"އަޅުގަނޑު އެދެނީ ގިނަގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން" މީޑިއާތަކަށް ގޮންޖައްސަވައި ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ އިދިކޮޅު ޕާޓީތަކާއި މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން އިދިކޮޅުގެ ސިޔާސަތަކީ "ބޮވެންވާނެ" ކަމަށާއި ޑޮކިއުމެންޓަރީއަކީ "ދޮގު" ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އިދިކޮޅުން މަސައްކަތް ކުރައްވަނީ އެމަނިކުފާނާއި އާއިލާ ދުރުކުރުން ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1