ސިޔާސީ

މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފި

14 މޭ 2026 - 22:31
މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފި

ނުހައްްޤުން ޖަލަށްލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ ކުރަމުންދާ ސިލްސިލާ މުޒާހަރަތާކުގެ ތެރެއިން މިރޭގެ މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އެސްއޯ ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފިއެވެ.

ރައީސް ޑރ މުޢިއްޒުއާއި ސުވާލެއް ކުރުމުގެ ކުށުގައި ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހުޒާން އާއި އާޓިކަލްއެއް ލިޔެގެން ކުށްވެރިވާކަމަށްް ނިންމައި ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން ދޫކޮށްލުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުން ދަނީ ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރަމުންނެވެ.

މިގޮތުން ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ދަނގަނޑު މުގުރާއި ޝީލްޑު ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާވާގޮތަށް އަމަލުކޮށްފައެވެ. މިގޮތުން ނޫސްވެރިންނަށް ޓާގެޓުކޮށް ހަމަލާދީފައިވާތަން މުޒާހަރާގެ ލައިވް ފޫޓޭޖްތަކުން ފެނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0