ޚަބަރު

އިހުސާނު ބާކީކޮށް ހިތަދޫ ބައި އިލެކްޝަނުގެ ކެންޕޭން މެނޭޖަރަކަށް ރާއްޕެ

10 މޭ 2026 - 18:53
އިހުސާނު ބާކީކޮށް ހިތަދޫ ބައި އިލެކްޝަނުގެ ކެންޕޭން މެނޭޖަރަކަށް ރާއްޕެ

އަންނަ ޖޫންމަހުގެ 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީއެންސީގެ ކެންޕޭން މެނޭޖަރަކަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުالله ރާފިޢު އައްޔަނުކޮށްްފިއެވެ.

އިހުސާނު ބާކީކޮށް ކެންޕޭން ހިންގުން ރާފިއުއާއި ހަވާލުކުރިކަން ޕީއެންސީން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވީ އިންތިޚާބުތަކުގައި އައްޑޫގައި ޕީއެންސީން ކުރާ ކެންޕޭންތައކުގައި އެންމެ އިސްރޯލެއް އަބަދުވެސް ހަވާލުކުރަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާނުއާއެވެ. ނަމަވެސް އިހުސާނުގެ ލީޑާޝިޕުގެ ދަށުން އެއްވެސް އިންތިޚާބެއްގައި އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާކަން އައްޑޫއަށް ނިސްބަތްވާ ޕީއެންސީ މެންބަރުންވެސް ފާހަގަކުރެއެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޕޭންތައް އިސްކޮށް ހިންގަންތިބީ އެކި މިނިސްޓަރުންނާއި ވަރުގަދަ މަޖިލިސް މެންބަރުންނަށް އެކި ދާއިރާތައް ބަހާލައިގެންނެވެ. މި އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯއްްދެވި އެއް މިނިސްޓަރަކީ ރާފިއުއެވެ. 

ރާފިއުއަށް އައްޑޫގެ ކެންޕޭން މެނޭޖަރުކަން ދިނީވެސް ރާފިޢުގެ ކާމިޔާބީއަށް ރިޢާޔަތްކޮށް ކަމަށް ބެލެވެއެވެ. އަދި ސިޔާސީ ކެންޕޭންތަކުގައި އިހުސާނަށްވުރެ ރާފިޢު ގާބިލުވެފައި މޮޅުކަމަށް ރައީސް މުޢިއްޒަށް ގަބޫލުކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0