ޚަބަރު

ހޭންޑީ ބިއްލޫރި ފެންފުޅީގައި ޖަރާސީމު ހުރުމުން ބޭނުންކުރުން މަނާކޮށްފި

18 ފެބްރުވަރީ 2026 - 12:08
ހޭންޑީ ބިއްލޫރި ފެންފުޅީގައި ޖަރާސީމު ހުރުމުން ބޭނުންކުރުން މަނާކޮށްފި

ހޭންޑީ ބްރޭންޑުގެ ބިއްލޫރި ފުޅިން ޖަރާސީމު ފެނި، އެ ބޭނުން ނުކުރަން މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. 

އެމްއެފްޑީއޭއިން އިއްޔެ ބުނީ، ބޯފެނުގައި ހުރެގެންނުވާނެ ފަދަ ޖަރާސީމުގެ އަސަރު ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ތިން ސައިޒެއްގެ ފެނުން ފެނިފައިވާ ކަމަށެވެ. 

އެގޮތުން, 330 އެމްއެލް, 550 އެމްއެލް އަދި އެއް ލީޓަރުގެ ބިއްލޫރި ފުޅިން މި ޖަރާސީމު ފެނިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވަކި ގޮތެއް އަންގަންދެން މި ބްރޭންޑުގެ އެއްވެސް ސައިޒެއްގެ ބިއްލޫރި ފެންފުޅި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އެދެއެވެ. 

މި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗުއޯ އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑުތަކަށް ފެތޭ ފެނެއް ނޫން ކަމަށްވާތީ, އާންމުން މި ކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0