ވިހަ މާއްދާއެއް ފެނި "ބޭބީ ބަޔޯ" ފޯމިއުލާ ވިއްކުން މަނާކޮށްފި
ވިހަ މާއްދާއަކުން ތަޣައްޔަރުވެފައިވާ ކަން ހާމަވެ، "ބޭބީ ބަޔޯ" ބްރޭންޑުގެ ތުއްތުކުދިންގެ ފޯމިއުލާ ކިރު ނުވިއްކަން އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ފްރާންސްގެ މި އުފެއްދުމުގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗްތަކުން، 'ސެރެއުލައިޑް' ނަމަކަށް ކިޔާ ވިހަ މާއްދާއެއް ފެނިފައި ވާކަމަށެވެ.
ސެރެއުލައިޑް' އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށާއި ބޭނުން ކޮށްފިނަމަ މޭ ނުބައިކޮށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެހެންކަމުން މި ފޯމިއުލާ ބާޒާރުން ނެގުމަށާއި ނުވިއްކައި ނައްތާލުމަށް އެގައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައި ވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އާންމުކޮށްފައި ވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ވިއްކުން މަނާކޮށްފައިވަނީ މި ބްރޭންޑްގެ ދެ ސްޓޭޖެއްގެ ފޯމިއުލާ އެވެ.






ރިއެކްޓް