ޔޫކޭގެ ނިންމުމާއެކު ނަޝީދު ވިދާޅުވީ ފޯޅަވަހި ހޯދުމުގެ ފުރުސަތު ނުގެއްލޭ ކަމަށް
އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގައި ފޯޅަވަހި ހިމެނޭ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާމެދު ނަގަން އޮތް ވޯޓު ފަސްކުރުމާއެކު, ފޯޅަވަހީގެ ސިޔާދަތީ ބާރު ހޯދުމުގެ ފުރުސަތު ރާއްޖެއަށް ނުގެއްލޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ވޯޓަށް ތައްޔާރުވެފައިވަނިކޮށް، ބިލަށް ވޯޓު ދިނުން މަތިގެއިން ވަނީ ފަސްކޮށްފައެވެ.
މި ނިންމުމާއެކު ނަޝީދު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ދިވެހިރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދާ ކަމަށެވެ.
ފޯޅަވެއްސާއި ރާއްޖެއާ ދެމެދު ތާރީހު ބޮޑު ގުޅުމެއް އޮވެ، ދިވެހި ބަސް ފޯޅަވަހީގެ އިހުގެ މަހާނަގާތަކުން ފެނިފައިވާ ކަން ފާހަގަކޮށް ނަޝީދު ވަނީ ފޯޅަވެއްސަށް ރާއްޖޭން ކުރާ ދައުވާ މާވަރުގަދަ ކަމަށް ވިދާޅުވެފައެވެ.
"ދިވެހީން ކިޔާ ގޮތުން ނަމަ ފޯޅަވަހި. އެއީ، ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ކަމާ ބެހޭ ލިޔެކިޔުންތަކެއް ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް," ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ޗާގޯސް ލިބުން ބޮޑަށް ހައްގުވަނީ ރާއްޖެއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހަކަށް ވިދާޅުވެފައިވަނިކޮށެވެ.







ރިއެކްޓް