ޚަބަރު , ސިޔާސީ

އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުން ކައުންސިލްތަކާއި ބައްދަލުކުރަން ފަށައިފި

30 ޖޫން 2026 - 21:01
އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުން ކައުންސިލްތަކާއި ބައްދަލުކުރަން ފަށައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރޮޖެކްޓް އޮފީހުގެ ފަރާތުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެމްޑީޕީން މަޢުލޫމާތު ދިން ގޮތުގައި، "އެމްޑީޕީގެ އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވޮލޮޕްމެންޓް އޮފީހުގެ" ފަރާތުން މިހާރު ވަނީ އެ ޕާޓީގެ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކާ ބައްދަލުކުރަން ފަށާފައެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ޕްރޮޖެކްޓް އޮފީހުގެ މެންޑޭޓާއި ސްކޯޕާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ. މީގެ އިތުރުން ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ ޤާބިލުކަން އިތުރުކުރެވޭނެ ގޮތްތަކާ މެދު މި ބައްދަލުވުންތަކުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ސެކްރެޓޭރިއޭޓުން އިތުރަށް ބުނީ، "ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ހުރިހާ އެމްޑީޕީގެ ކައުންސިލަރުންނާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާއި މިއޮފީހުން ބައްދަލުކުރާނެ" ކަމަށެވެ. މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހޮވިފައިވާ އެ ޕާޓީގެ މެންބަރުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ.

އެމްޑީޕީއިން އަލަށް އުފެއްދި ޕްރޮޖެކްޓް އޮފީހުގެ އެންމެ އިސްވެރިޔަކަށް ނުވަތަ ޑައިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އަމީރަކީ ޕާޓީގެ އެކި ދާއިރާތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.

މި އޮފީސް ގާއިމުކުރުމަކީ ނިމުނު އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދު ވައުދުވެފައިވާ ކަންކަން ފުރިހަމަކުރުމަށް ގާއިމް ކުރެމުނު އޮފީހެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0