ޚަބަރު

ބިދޭސީން ވެއްޓުނު އިމާރާތް ހަދަމުންދިޔަ ކުންފުނި 5000ރ. އިން ޖޫރިމަނާކޮށްފި

29 ޖޫން 2026 - 13:32
ބިދޭސީން ވެއްޓުނު އިމާރާތް ހަދަމުންދިޔަ ކުންފުނި 5000ރ. އިން ޖޫރިމަނާކޮށްފި

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ދެ ބިދޭސީ މަސައްކަތްތެރިއަކު ވެއްޓި ޒަހަމުވި މައްސަލައިގައި، އެ އިމާރާތުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނި 5،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ބީޓްރެކްސް ޑްރީމް ކިޔާ ކުންފުންޏެއް ކަމަށެވެ.

މި ކުންފުނި ޖޫރިމަނާކުރަން ނިންމީ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެންމެ އެދެވޭ ގޮތެއްގައި އަޅާފައި ނުވުމާއި، ބަލަންޖެހޭ ވަރަށް ނުބަލައި މަސައްކަތް ކޮށްފައިވާތީ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. ކައުންސިލުން ވަނީ ހުރިހާ ފަރާތްތަކުން ވެސް ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުކަންދީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މަޖީދީ މަގު ވޭލާ ފިހާރަ ކައިރީގައި ހަދަމުންދިޔަ އިމާރާތެއްގައެވެ. އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ވެއްޓި ޒަހަމުވެފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 22 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި އަމަލުކުރަމުންދާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، މަސައްކަތްތެރިންނަށް ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދިނުމަކީ މަސައްކަތް ހަވާލުކުރާ ފަރާތުގެ ގާނޫނީ ޒިންމާއެކެވެ. މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ އިމާރާތްކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ބަލަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0