ޚަބަރު

މޫސުން ގޯސްވެ ސްރީލަންކަންގެ ފްލައިޓެއް ވީއައިއޭއަށް ނުޖެއްސިގެން އަނބުރާލައިފި

28 ޖޫން 2026 - 00:44
މޫސުން ގޯސްވެ ސްރީލަންކަންގެ ފްލައިޓެއް ވީއައިއޭއަށް ނުޖެއްސިގެން އަނބުރާލައިފި

މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރަންވޭއަށް ލޭންޑް ނުކުރެވިގެން، ސްރީލަންކަން އެއާވޭސްގެ ފްލައިޓެއް އަނބުރާލައިފިއެވެ.

މި ހާދިސާ ދިމާވެފައިވަނީ ކޮލަމްބޯއިން ފުރައިގެން މާލެއަށް ދަތުރުކުރި ސްރީލަންކަން އެއާވޭސްގެ UL 103 ފްލައިޓަށެވެ. މި ބޯޓު މާލެއަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް، މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ އަނބުރާލަން ޖެހިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ފްލައިޓް މާލެ ސަރަހައްދަށް ބޯޓު ތިރިކުރި ވަގުތަކީ މާލެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ރަންވޭއަށް ރައްކާތެރިކަމާއެކު ލޭންޑް ކުރެވޭ ގޮތް ނުވި ވަގުތެކެވެ.

އެހެންކަމުން، ދަތުރުގެ ރައްކާތެރިކަމަށްޓަކައި ޕައިލެޓް ވަނީ ބޯޓު އަނބުރާލައި ކޮލަމްބޯއަށް މިސްރާބު ޖަހާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0