ޚަބަރު

މޮރިޝަސްއަށް ވުރެ ރާއްޖެއަށް ޗާގޯސް ދިނުން މާ އައުލާކަން ބޮޑު: ރައީސް މުއިއްޒު

21 ޖަނަވަރީ 2026 - 10:56
މޮރިޝަސްއަށް ވުރެ ރާއްޖެއަށް ޗާގޯސް ދިނުން މާ އައުލާކަން ބޮޑު: ރައީސް މުއިއްޒު

މޮރިޝަސްއަށް ވުރެ ޗާގޯސް ދިނުން އެންމެ އައުލާކަން ބޮޑީ ރާއްޖެއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ޓެބްލޮއިޑަކަށް ދިން އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ، ޗާގޯސް ލިބުން އެންމެ ހައްގުކަން ބޮޑީ ރާއްޖެއަށް ކަމަށާއި އެ ސަބަބުތައް  އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލަކަށް ވަޑައެއްނުގަންނަވައެވެ. 

ރައީސް ވިދާޅުވީ ދިވެހިން ކިޔާނަމުން ނަމަ ފޯޅަވައްސަކީ ރާއްޖެއާ ތާރީހީ ގޮތުން ގުޅުން އޮތް ތަނެއް ކަމަށާއި މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށެވެ. 

ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށް މީގެ ކުރިން ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0