ޚަބަރު

ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ބޯޑާ ކޮންޓްރޯލް އުވާލުމުން ދެ ގައުމަށް ފައިދާ ވާނެ: ރައީސް ނަޝީދު

8 ޖަނަވަރީ 2026 - 12:30
ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ބޯޑާ ކޮންޓްރޯލް އުވާލުމުން ދެ ގައުމަށް ފައިދާ ވާނެ: ރައީސް ނަޝީދު
ފޮޓޯ: ވިރާސީ

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ބޯޑަރު ކޮންޓްރޯލްތައް އުވާލުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ދެގައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދެގައުމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ރައީސް ނަޝީދުގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރި ގޮތުގައި އިންޑިއާ ކަނޑުގެ މި ދެ އަވަށްޓެރި ގައުމުގެ މެދުގައި ވިސާއާއި ވޯކް ޕާމިޓްގެ އުސޫލުތައް އުވާލުމުން، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ އެވެ. އަދި މިފަދަ ގާތް ގުޅުމެއްގެ ސަބަބުން ދެޤައުމުގެ މެދުގައި އޮންނަ އިތުބާރު ބޮޑުވެ، އެކި ދާއިރާތަކުން ކުރެވޭ އެއްބާރުލުން އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ރަައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދުގެ މި ހުށަހެޅުއްވުން އައިސްފައިވަނީ، ދެކުނު އޭޝިއާގެ ޤައުމުތަކުގެ އިގްތިސާދު ކުރިއަރުވައި، މަސައްކަތްތެރިންގެ ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން ސަރަހައްދީ ފެންވަރުގައި މަޝްވަރާތައް އަލުން ފެށިފައިވާ ދަނޑިވަޅެއްގަ އެވެ. ލަންކާއަކީ ވިޔަފާރި، ސިއްހީ ހިދުމަތް، ތައުލީމު އަދި އޭވިއޭޝަންގެ ދާއިރާއިން ރާއްޖޭއަށް ވަރަށް މުހިއްމު ގައުމެކެވެ. ބޭސްފަރުވާއަށާއި ކިޔެވުމަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ލަންކާއަށް ދަތުރުކުރެ އެވެ.

މިހާރު "ކްލައިމެޓް ވލްނަރަބަލް ފޯރަމް" (ސީ.ވީ.އެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ރައީސް ނަޝީދަކީ، މީގެ ކުރިންވެސް ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށާއި، ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0