ސޯބެ ލާމަރުކަޒީ ކޮމިޓީއާއި އެންވަރަމެންޓު ކޮމިޓީއަށް
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް މިއަދު އައްޔަންކޮށްފިއެވެ.
ސޯބެއަށް ޖާގަ ދީފައިވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އާއި އެންވަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ އިންނެވެ. މި ދެ ކޮމިޓީން އޭނާއަށް ފުރުސަތު ދިނުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދަށް އައި ބަދަލާއެކު، ކޮމިޓީތަކުގެ ކޮމްޕޮޒިޝަންއަށް ބަދަލުނުގެންނަ މައްސަލައިގައި މިދިޔަ ހަފުތާގައި އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ބޮޑު އިހުތިޖާޖެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އިސްވެ ހުންނަވައި، މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި އަޑުއުފުލާފައިވެއެވެ. މި އިހުތިޖާޖާ ގުޅިގެން ނާޒިލް އާއި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ހުރިހާ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކުރިކަން ފާހަގަކޮށްލެވެއެވެ.






ރިއެކްޓް