މާލޭގެ ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކަށް ފަރުވާދެނީ
މާލޭގެ ގެޔެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އޭގެ ސަބަބުން ދުމުގެ އަސަރުކުރި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މއ. ސުއްކަތުރާގޭގައެވެ.
އެމްއެންޑީއެފް އިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ، އަލިފާން ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައި ހުރި ކަބަޑެއްގެ ތިރީގައި ކަމަށެވެ. އަލިފާން ނިއްވާލުމަށްފަހު، ސިފައިން މިހާރު ކުރަމުންދަނީ އެގޭގެ ތެރޭގައި ހިފާފައި ހުރި ދުންތައް ބޭރުކުރުމުގެ މަސައްކަތެވެ.
މި ހާދިސާގައި އެކަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.






ރިއެކްޓް