ޚަބަރު , ސިޔާސީ

ބޮޑު ދެ އިންތިހާބު އެއްކޮށް ބާއްވަން ރައީސް ނަޝީދުގެ ތާއީދު!

4 ޖަނަވަރީ 2026 - 14:49
ބޮޑު ދެ އިންތިހާބު އެއްކޮށް ބާއްވަން ރައީސް ނަޝީދުގެ ތާއީދު!
ފޮޓޯ: ވިރާސީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ. 

ބޮޑު ދެ އިންތިހާބު އެކުއެކީގައި ބާއްވަން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ދައުރުން ބޭރު ޖަލްސާއެއް ވަނީ މާދަމާއަށް އެޖެންޑާކޮށްފައެވެ. 

މި ކަމާ ގުޅިގެން ނަޝީދު "އެކްސް"ގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. 

ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މާދަމާގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވަން ތާވަލްކޮށްފައިވާ ބިލުގައިވާ ގޮތުން 2028 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކު އެކީގައެވެ. 

ބިލު ފާސްކުރުމާއެކު މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ޑިސެންބަރު 2028 ގެ 1 ވަނަ ދުވަހަށް ނިމޭނެއެވެ. އެއާއެކު އަލަށް އުފެދޭ މަޖިލިސް ތަކުގެ ދައުރަކީ ޑިސެންބަރު 1 ކުން ފެށިގެން ފަސް އަހަރުގެ ދުވަހުގެ މުއްދަތެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީހަކީ ޑިސެންބަރު 1 އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0