މާރާމާރީއަކަށް ފަހު ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންނަށް މަރުގެ އިންޒާރު!

މާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުންތަކަކަށް މަރުގެ އިންޒާރުދީ ބިރު ދައްކައިފި އެވެ.
ފުލުހުންގެ މީޑިއާއިން މިއަދު ބުނީ, މި މަހުގެ 14 ވަނަ ދުވަހުގެ ފަތިހު މާލޭގައި ހިނގި މާރާމާރީގައި އަނިޔާވެގެން ފަރުވާ ދެމުން ގެންދިޔައީ ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމަށް ކަމަށެވެ.
މި މައްސަލާގައި އޭނާ ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ,
އޭނާއަށް އައިޖީއެމްއެޗްގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން ދަނިކޮށް, މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުގައި މެޑިކަލް ސްޓާފުންނަށް އޭނާ ބިރު ދެއްކިއިރު އޭނާގެ ޖީބުން ވަނީ ވަޅިއެއް ވެސް ފެނިފަ އެވެ. ނަމަވެސް, އޭނާ އެ ވަޅި ގެންގުޅުނު މަގްބޫލު ސަބަބެއް ބަޔާން ކޮށްފައިނުވެ އެވެ.
ރިއެކްޓް



