ދުނިޔެ

އެކްސްގެ ސީއީއޯ ލިންޑާ އިސްތިއުފާދީފި

ޖުލައި 10, 2025 - 08:00
ޖުލައި 10, 2025 - 06:16
 0
އެކްސްގެ ސީއީއޯ ލިންޑާ އިސްތިއުފާދީފި
ލިންޑާ ޔަކާރީނޯ -- ފޮޓޯ: ބިޒްނަސް އިންސައިޑަރ

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ ސީއީއޯ ކަމުގެ މަގާމުން ލިންޑާ ޔަކާރީނޯ އިސްތިއުފާދެއްވައިފިއެވެ.

އޭނާގެ އިސްތިއުފާ އިއުލާންކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްގެ އެންމެ އިސް މަގާމުގައި ދެ އަހަރު ހޭދަކުރެއްވުމަށްފަހު މަގާމުން ވަކިވެވަޑައިގަންނަވާތީ އެކަމާ ދެރަވާކަމަށް ޔަކާރީނޯ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

 "އަޅުގަނޑާއި މަސްކް ފުރަތަމަ އެކްސްއާ ގުޅޭ އޭނާގެ ތަޞައްވުރުގެ ވާހަކަ ދެއްކިއިރު، އަޅުގަނޑަށް އެނގުނީ މިއީ މި ކުންފުނީގެ އާދަޔާ ހިލާފު މިޝަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފުރުސަތެއްކަން. އެކްސް 'އެވަރިތިން' އެޕަކަށް ބަދަލުކުރުމުގެ ޒިންމާ އަޅުގަނޑާ ހަވާލުކުރި ކަމަށްޓަކައި އަހަރެން އޭނާއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ލިންޑާ އިސްތިއުފާ ދިންކަން އިޢުލާންކުރަމުން ބުނެފައިވެއެވެ.

2023 ވަނަ އަހަރު އެކްސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޔަކާރީނޯ، މި މަގާމާ ހަވާލުވެވަޑައިގަތީ ބިލިއަނަރު އިލޮން މަސްކްގެ ތަސައްވުރު ތަންފީޒު ކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

އޭނާގެ އިސްތިއުފާއާ ގުޅިގެން އެކްސްގެ އައު ސީއީއޯއަކު އަދި އިއުލާނެއް ނުކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0