ދުނިޔެ , ޚަބަރު

އިޒްރޭލުން އީރާނަށް އަލުން ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

ޖުލައި 12, 2025 - 10:01
ޖުލައި 12, 2025 - 09:59
 0
އިޒްރޭލުން އީރާނަށް އަލުން ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި
ފޮޓޯ: ސީއެންއެން

އިޒްރޭލުގެ ދިފާއީ ވަޒީރު އިޒްރޭލް ކާތްޒް އީރާނަށް އަލުން ހަމަލާ ދީފާނެ ކަމުގެ އިންޒާރެއް ދީފިއެވެ.

އޭނާ ބުނެފައިވަނީ އިޒްރޭލަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އެއްވެސް ފަސްޖެހުމެއްނެތި އީރާނަށް ހަމަލާދޭން ފަސްނުޖެހޭނެ ކަމަށެވެ.

ކާތްޒްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ތެހެރާން، ތަބްރީޒް އަދި އިސްފަހާން އަށްވެސް އިޒްރޭލުގެ އަތް ފޯރާނެ ކަމަށާއި، އިޒްރޭލަށް ބިރުދެއްކުމަށް ނުވަތަ ގެއްލުމެއް ދިނުމަށް މަސައްކަތްކުރާ ކޮންމެ ތަނަކަށް ވެސް އެ އަތް ފޯރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިދިޔަ ޖޫން މަހު އިޒްރޭލުން އީރާނާ ދެކޮޅަށް 12 ދުވަހުގެ ވައިގެ ހަނގުރާމައެއް ކޮށްފައިވެއެވެ. މި ހަނގުރާމައިގެ ސަބަބުން މުޅި ސަރަހައްދީ ހަނގުރާމައަކަށް ގޮސްދާނެ ކަމުގެ ބިރު އުފެދުނެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމާއެކު ޖޫން 23 ގައި ދެ ގައުމުގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

އިޒްރޭލުން ބުނާ ގޮތުގައި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ކައިރިވަމުންދާ ކަމުގެ ކަންބޮޑުވުން އޮތުމާއެކު، ހަނގުރާމައިގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ ސައިޓުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، އީރާނުން ވަނީ މިކަން ދޮގުކޮށްފައެވެ. މި ހަމަލާތަކުގައި އެމެރިކާއިން ވެސް ބައިވެރިވެފައިވެއެވެ.

މި ހަނގުރާމައިގެ ތެރޭގައި އީރާނުން އިޒްރޭލަށް 40 އެއްހާ މިސައިލް ދޫކޮށްލާފައިވާއިރު، އޭގެ ތެރެއިން ބައެއް މިސައިލްތައް ވަނީ ތެލް އަވީވް، ހައިފާ، ބީރުޝަބާ އަދި ގުދުސް ފަދަ ސަރަހައްދުތަކަށް އަމާޒުކޮށްފައެވެ. އީރާނުން އިންޒާރު ދީފައިވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލައިފިނަމަ އިތުރު ހަމަލާތައް ދޭނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0