ޔަމަނުގެ ތިން ބަނދަރަކަށް އިޒްރޭލުން ހަމަލާދީފި

ޔަމަނުގެ ސަރަހައްދުގައި ހުރި ތިން މުހިންމު ބަނދަރަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާ ދީފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މިކަން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި ހަމަލާ ދީފައިވަނީ ހުދައިދާ، ރަސް އީސާ އަދި އަސް ސާލިފްގެ ބަނދަރުތަކަށެވެ. މި ހަމަލާއާ ގުޅިގެން ހޫތީން ވަނީ އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފައެވެ.
ހޫތީންގެ މިސައިލް ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ގުދުސް، ހެބްރޮން އަދި ޑެޑް ކަނޑުގެ ވަށައިގެންވާ ސިޓީތަކުގައި ސައިރަން އިންޒާރު އިއްވާފައިވެއެވެ. މިއީ އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ރައްކާތެރި ތަންތަނަށް ވަގުތުން ދިއުމަށް އަންގައި އިއްވި އިންޒާރެކެވެ.
"ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ނިމުމަކަށް ގެންނަންދެން އިޒްރޭލަށް ހަމަލާތައް އަމާޒުކުރަމުން ގެންދާނެ" ކަމަށް ހޫތީން ވަނީ ބުނެފައެވެ. މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށް ކުރިމަތިވެފައިވާ ނުރައްކަލުގެ އިތުރު ހެއްކެކެވެ.
މި ހަމަލާތަކަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ އިތުރު ސިފައެއް ކަމަށް ސަރަހައްދީ މާހިރުން ފާހަގަކުރެއެވެ.
ރިއެކްޓް



