ޚަބަރު

މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި

ޖުލައި 13, 2025 - 14:24
 0
މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.

ޕޮލިހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ފިނިރޯޅި، އާދަމް އިބްރާހީމް (31އ) އާއި ރ. ދުވާފަރު / މަރިޔާދުގެ، އިބްރާހީމް ސިނާން (37އ) އާއި ރ. ކަނދޮޅުދޫ / ސަކީނާމަންޒިލް، ޢަބްދުﷲ އާދަމް (51އ) އެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ރ. ދުވާފަރު / ވިލާ، ޢަބްދުﷲ ޝާއިފް (25އ)ވަނީ ހައްޔަރުކޮށްފައެވެ.

މި ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅުތަކެއް ފެނިފައިވާ ކަމަށާއި މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ދުވާފަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަތަކުގެ ތަޙުޤީޤު މިހާރު ކުރިއަށް ގެންދާ ކަމަށް ޕޮލިހުން މަޢުލޫމާތު ދީފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0