މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އާއްމުންގެ އެހީތެރިކަން ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ޢާއްމުންގެ އެހިތެރިކަން ބޭނުންވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ފުލުހުން ޢާއްމުކުރި އިއުލާނުގައި ބުނެފައިވަނީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެފައިވާ މީހެއް ދެނެގަތުމަށް ޢާޢްމުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ. މިގޮތުން ސައިބާ ކްރައިމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއްގެ ވީޑިއޯ ފުލުހުން ވަނީ އިއުލާނާއި އެކު ޢާއްމުކޮށްފައެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީhttps://t.co/LonBbM6Jq3 pic.twitter.com/9uDfoJGvZS
— Maldives Police (@PoliceMv) September 11, 2025
އެ ވީޑީއޯއިން ފެންނަނީ ބޭންކްގެ އޭޓީއެމްގެ ހިދުމަތްދޭ ތަނެއްގެ ތެރޭގައި ކަޅު ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ލައިގެން ހުރި ޒުވާން ފިރިހެނެއް އުޅޭ މަންޒަރެކެވެ.
މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ސައިބާ ކްރައިމް ސެންޓަރުގެ ނަންބަރު 9636262 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޓް



