ޚަބަރު

މަސްތުވާތަކެއްޗާއެކު މ. މުލިން މީހަކު ހައްޔަރުކޮށްފި

ސެޕްޓެމްބަރު 5, 2025 - 17:01
 0
މަސްތުވާތަކެއްޗާއެކު މ. މުލިން މީހަކު ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި މ. މުލިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރެވުނު ފަރާތަކީ މ. މުލި / ރުއްކަރަ، ނައުފަލް އަޙްމަދު (33 އަހަރު) އެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރޭގައި ޕެޓްރޯލްކުރަމުން ދަނިކޮށް، ނައުފަލް އަޙްމަދުގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއެވެ. އޭނާ ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 31 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. މިފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0