ޚަބަރު

ވޯޓާ ޕާކުގައި ނިޔާވެފައި އޮތީ ނޭޕާލު މީހެއް, މަރާލާފައި ކަމަކަށް ނުބެލެވޭ: ފުލުހުން

އޮގަސްޓް 27, 2025 - 23:58
 0
ވޯޓާ ޕާކުގައި ނިޔާވެފައި އޮތީ ނޭޕާލު މީހެއް, މަރާލާފައި  ކަމަކަށް ނުބެލެވޭ: ފުލުހުން

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ މި މަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޭޕާލު މީހެއްގެ ހަށިގަނޑު ކަމަށް ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށާއި އެ މީހާގެ ހަށިގަނޑުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން މަޢުލޫމާތުދިން ގޮތުގައި ނިޔާވެފައި އޮއްވައި ފެނުނީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ރުޕާން ތާޕާ މާގަރ (29އ) އެވެ.

އެ މީހާގެ ހަށިގަނޑު ފެނުނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އެމީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށށް ބޮޑަށް ކުނިވެ ހަލާކު ވެފައެވެ. މި މީހާ މަރުވި ސަބަބެއް އަދި ހޯދިފައިނުވާއިރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަށިގަނޑު ފެނުނު ވޯޓާ ތީމް ޕާކަކީ 2017 ވަނަ އަހަރު ވޯޓާ ފްރަންޓް އެންޑް ލެޝާއާ ހަވާލުކުރެވުނު ސަރަހައްދެކެވެ. ނަމަވެސް އެތަނުގައި އިމާރާތްތަކެއް ހެދުމަށްފަހު، މިހާރު ވަނީ އެ ސަރަހައްދު ވީރާނާވުމަށް ދޫކޮށްލާފައެވެ.

އޮގަސްޓް 2022 ގައި އެޗްޑީސީން މި ތަނުގެ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް އެންގި ނަމަވެސް، ވޯޓާ ފްރަންޓް އެންޑް ލެޝާއިން އެ މައްސަލަ ކޯޓަށް ވެއްދުމުން އެތަން ހަވާލުކުރުން ވަނީ ސެޕްޓެމްބަރު 2022 ގައި ހައިކޯޓުން ހުއްޓުވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0