ޚަބަރު

ތުލުސްދޫ ކައިރިއަށް ބަނޑުން ޖަހާލި ދޯނިން ގެއްލުނު މީހާ ފެނިއްޖެ

އޮގަސްޓް 26, 2025 - 23:07
 0
ތުލުސްދޫ ކައިރިއަށް ބަނޑުން ޖަހާލި ދޯނިން ގެއްލުނު މީހާ ފެނިއްޖެ

ކ. ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލި "ލިއޯ" ނަމަކަށް ކިޔާ ދޯންޏަކުން ގެއްލުނު މީހާ ފެނިއްޖެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން މަޢުލޫމާތު ދީފިއެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން މާލެ އޭރިއާ ސެކަންޑް ސްކޮޑްރަން އިން ވަނީ ސަރަޙައްދުގައި ހަރަކާތްތެރިވެފައި ކަމަށާއި ހޯދުމުގެ މަސައްކަތުގައި ތުލުސްދޫގެ ރައްޔިތުންވެސް ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެމްއެންޑީއެފުން މަޢުލޫމާތުދިން ގޮތުގައި އެ މީހާ ފެނިފައިވަނީ ތުލުސްދޫ ބަޔަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނީގައި ދަތުރުކުރީ ޖުމްލަ 6 މީހުންނެވެ. އޭގެ ތެރެއިން ގެއްލުނު އެންމެ މީހަކު ފިޔަވައި އެހެން އެންމެން ވަނީ ރައްކާތެރިކަމާއެކު ސަލާމަތް ކުރެވިފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0