ޚަބަރު

އަދީބުގެ އެމްޓީޑީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

އޮގަސްޓް 26, 2025 - 20:28
 0
އަދީބުގެ އެމްޓީޑީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އުފައްދާފައިވާ މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، އެމްޓީޑީން އަދާކުރަންޖެހޭ ދަރަންޏެއް ވާނަމަ، އެކަން އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީއަށް ހުށަހަޅައި ނިންމުމަށް އަންގާފައިވާ ކަމަށެވެ.

2018 ވަނަ އަހަރު އުފައްދާފައިވާ އެމްޓީޑީގައި މިހާރު ތިބީ 2،272 މެންބަރުންނެވެ. މިއީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ޤާނޫނުން ލާޒިމްކުރާ 3،000 މެންބަރުންގެ އަދަދަށްވުރެ މަދު އަދަދެކެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގެ ދަށުން، ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ މަދުވެގެން 3،000 މެންބަރުން ތިބެގެންނެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

އެމްޓީޑީ އުވާލުމަށް ނިންމި ނިންމުމާ ގުޅިގެން، އެ ޕާޓީގެ ފަރާތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މި ނިންމުމާމެދު އިއުތިރާޒު ކުރާނަމަ، އެކަން ކުރުމުގެ ފުރުސަތު އޮތްކަން ވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0