ޚަބަރު

ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން ބުދަ ދުވަހަށް އެޖެންޑާ ކޮށްފި

އޮގަސްޓް 25, 2025 - 17:33
 0
ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން ބުދަ ދުވަހަށް އެޖެންޑާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުށަހެޅުމަކާ ގުޅިގެން އަންނަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަން މިކަން މަޖިލީހުގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދިން ގޮތުގައި، މި ޖަލްސާގެ އެޖެންޑާ ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރާނެއެވެ. ނަމަވެސް މި ޖަލްސާގައި ކުރިއަށް ގެންދާނެ މަސައްކަތްތަކާ ބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

"ވިރާސީ" އަށް ޕީއެންސީގެ މެންބަރަކު ދެއްވި މައުލޫމާތުގައި، ދައުރުން ބޭރުގައި އެއް ޖަލްސާއަށް ވުރެ ގިނަ ޖަލްސާ ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި މި ޖަލްސާތަކުގައި އިސްކަންދޭނީ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތްތަކަށް ކަމަށް އެ މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާތައް ބާއްވަނީ ޚާއްސަ ހާލަތްތަކުގައި، އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މުހިންމު މައްސަލަތަކާ ގުޅިގެންނެވެ. މިފަދަ ޖަލްސާތައް ބޭއްވެނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ރައީސްގެ ނިންމެވުމަކަށް ނުވަތަ މެންބަރުންގެ އަޣުލަބިއްޔަތުން އެދިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0