ޚަބަރު

އާރުޑީސީގެ ޗެއާމަންގެ މަޤާމަށް ޝާމީ އައްޔަނުކޮށްފި

އޮގަސްޓް 21, 2025 - 17:57
 0
އާރުޑީސީގެ ޗެއާމަންގެ މަޤާމަށް ޝާމީ އައްޔަނުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗެއާމަންގެ މަޤާމަށް މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް މިއަދު އައްޔަނުކޮށްފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ހާމމަކޮށްފައިވާއިރު ޝާމީ އަކީ މީގެ ކުރިންވެސް އާރުޑީސީގެ ޗެއާމަންގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އާރްޑީސީގެ ޗެއާމަންގެ މަގާމަށް ޝާމީ ފުރަތަމަ ފަހަރަށް އައްޔަން ކުރެވުނީ 2024 ވަނަ އަހަރުގެ ޖެނުއަރީމަހުގައެވެ.

ޝާމީ އާދަމަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ސްޓެލިއަން މޯލްޑިވްސް ގްރޫޕުގެ ހިއްސާދާރެއް އަދި ޗެއާމަން ވެސްމެއެވެ.

ދާދި ފަހުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމު ވަނީ އައްޔަނުކުރައްވާފައެވެ.

އާރުޑީސީއަކީ ރާއްޖޭގެ މަގުތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާ މައި ސަރުކާރުގެ ކުންފުންޏެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0