ހަމަނުޖެހުން ހިންގަން ހިތްވަރުދިން ޢާނިމް ކޯޓުން ދޫކޮށްލައިފި

މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ގުޅިގެން ހަމަނުޖެހުން ހިންގުމަށް ނޫސްވެރިންނަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހައްޔަރު ކުރެވުނު ޢާނިމް ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި ޢާނިމް ދޫކޮށްލާފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
އަލީ އާނިމް މުފީދުގެ މައްޗަށް ތުހުމަތު ކުރެވެނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓީވީ، ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުމުގެ ކުށުގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމުގެ ކުށެވެ.
ޢާނިމް އަކީ މީގެ ކުރިން އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ޖޯކުޖެހުމުގެ މައްސަލަތަކެއްގައި ހައްޔަރުކޮށް ބަންދު ކުރެވުނު ފަރާތެކެވެ.
މި މައްސަލައާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހާމަކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިއެކްޓް



