ޚަބަރު

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޝަފީޤު އައްޔަންކުރަން ފާސްކޮށްފި

އޮގަސްޓް 18, 2025 - 11:46
އޮގަސްޓް 18, 2025 - 12:19
 0
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ޝަފީޤު އައްޔަންކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް މ. ޕޮޕީ މުޙައްމަދު ޝަފީޤު މަހްމޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި، ޝަފީޤު މި މަޤާމަށް އައްޔަންކުރުމަށް މިއަދުގެ ޖަލްސާއަށް ހާޒިރުވި 65 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަަ ޖުލައިމަހުގެ ތެރޭގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނާއި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ އިންޓަވިއު ކޮށްފައެވެ.

މ,ި ދެބޭފުޅުންގެ ތެރެއިން ކޮމިޓީއިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވީ ޝަފީޤުގެ ނަން އެކަންޏެވެ.

ޝަފީޤަކީ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށްވާތީ، ކޮމިޝަނުގެ މަސައްކަތްތަކަށް އޭނާގެ ހުނަރާއި ތަޖުރިބާގެ ބޭނުން ކުރެވިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަކީ ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ މިނިވަން މުއައްސަސާއެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0