ޚަބަރު

ޖިނާޢީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިޢުލާންކޮށްފި

އޮގަސްޓް 6, 2025 - 21:01
 0
ޖިނާޢީ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިޢުލާންކޮށްފި
ފޮޓޯ: ފުލުހުން

ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ ގދ. ރަތަފަންދޫ ގުލްޝަންގެ، ޢައްޒާމް ހަސަން (33 އަހަރު) އެވެ. އޭނާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ފަރާތެކެވެ.

ފުލުހުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން މި އިއުލާނު ކުރަނީއެވެ.

ޢައްޒާމް ހަސަން ވާނީ 2025 އޮގަސްޓް 13 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން އެވެ. އެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ވީ އެންމެ އަވަހަކަށް ފުލުހުންނަށް ހާޒިރުވުމަށް އެ ފަރާތްތަކަށް އިރުޝާދު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0