ޚަބަރު , ސިޔާސީ

ސިޔާސީ މުވައްޒަފުންނަށް މުސާރަ ދެވޭވަރު ފިނޭންސަށް ވެސް ނޭނގޭ

ސެޕްޓެމްބަރު 21, 2025 - 20:36
ސެޕްޓެމްބަރު 21, 2025 - 20:36
 0
ސިޔާސީ މުވައްޒަފުންނަށް މުސާރަ ދެވޭވަރު ފިނޭންސަށް ވެސް ނޭނގޭ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު, ރައީސް މުއިއްޒާއެކު -- ފޮޓޯ:ރައީސް އޮފީސް

ސިޔާސީ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކަށް ކުރެވޭ ޖުމްލަ ހަރަދު ފިނޭންސް މިނިސްޓްރީއަށް ވެސް ނޭނގޭ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ. 

ސިޔާސީ މުވައްޒަފުންގެ ޖުމްލަ މުސާރައާއި މިހާތަނަށް ހަރަދު ކުރެވުނު ވަރު ހޯދުމަށް, ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ ހުށަހެޅުމުން ފިނޭންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ބަލާނީ މުވައްޒަފުން އައްޔަން ކޮށްފައިވާ ވުޒާރާތަކުން ކަމަށާއި އެ މައުލޫމާތު މިނިސްޓްރީން ނުބަލަހައްޓާ ކަމަށް ބުނެފައެވެ. އެ ޖަވާބު މިނިސްޓްރީގައި ރިވިއު ކުރުމުން ވެސް ނުދިނުމުން އިންފޮމޭޝަން ކޮމިޝަންގައި އޭނާ ވަނީ ރިވިއު ކޮށްފަ އެވެ. 

އިންފޮމޭޝަން ކޮމިޝަނަރާއެކު މިއަދު ބޭއްވި އަޑުއެހުމުގައި އައިކް ބުނީ, މި ޖަވާބު ހޯދަން ކޮމިޝަންގައި ރިވިއު ކުރީ މާލިއްޔަތު ގާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ ހަރަދެއް ކުރަނީ ފިނޭންސް މިނިސްޓްރީއިން ކަމަށް ވެފައިވާ މި ހިސާބުތައް ގާނޫނާ ގަވައިދުތަކުގެ ދަށުން އެ ހިސާބުތައް މިނިސްޓްރީގައި ހުންނަން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެހެންކަމުން މި މައުލޫމަތަކީ ފިނޭންސް މިނިސްޓްރީން ބަލަހައްޓަން ޖެހޭ ހިސާބުތަކަކަށް ވާނެ ކަމަށް ވެސް ނިމިދިޔަ ވެރިކަމުގައި ފިނޭންސްގައި މަސައްކަތް ކުރި އައިކް ބުންޏެވެ. 

މި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ވިދާޅުވީ, އެ މައުލޫމާތަކީ މިނިސްޓްރީގައި ހުރި ނުވަތަ ނެތް މައުލޫމާތެއް ކަމަށް ފިނޭންސުން ދިން ޖަވާބުގައި ސާފުކޮށްދީފައި ނުވާ ކަމަށެވެ. 

އަޑުއެހުމުގައި ބައިވެރިވި ލީގަލް އެސިސްޓެންޓް ޝިފްރާ ވިދާޅުވީ, އެ ވުޒާރާއެއްގެ މައުލޫމާތު ބަލަހައްޓަނީ އެ ވުޒާރާއަކުން ކަމަށާއި އެއްވެސް އިދާރާއެއްގައި ޖުމްލަ އަދަދު ނުހުންނާނެ ކަމަށެވެ. ވުޒާރާތަކުން ފޮނުވާ ޝީޓުތަކުގައި ވަކިވަކިން ސިޔާސީ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުން ވަކިކުރެވެން ނީންނާނެ ކަމަށާއި އެ މައުލޫމާތު ވެސް އެނގޭނީ އެ ވުޒާރާއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު ހޯދަން ޖެހޭނީ ވަކިވަކި ވުޒާރާތަކަށް ހުށަހަޅައިގެން ކަމަށެވެ. 

އޭނާ ވަނީ ފިނޭންސް މިނިސްޓްރީން އެ ސިވިލް ސާވިސް މުވައްޒަފުންނާއި ސިޔާސި މުވައްޒަފުން ވަކިން ކެޓަގަރައިޒް ކޮށް އާންމުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެ މައުލޫމާތު އާންމު ކުރެވޭނެތޯ އިންފޮމޭޝަން ކޮމިޝަނަރު ސުވާލުކުރުމުން އެކަމަށް ޖަވާބު ނުދެވެ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0