ޚަބަރު

ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

އޮގަސްޓް 5, 2025 - 20:47
 0
ނައިފަރުން ގެއްލުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު
ފޮޓޯ: ފުލުހުން

ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް މިރޭގެ ވަގުތެއްގައި ނައިފަރު މަގުމަތިން ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފިއެވެ. 

އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އާއިލާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޚަދީޖަތު މައިސަރާ ގެއްލުމުގެ ކުރިން އެންމެ ފަހުން ފެނިފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:25 އެހައިކަށްހާއިރުއެވެ. އޭގެ ފަހުން ކުއްޖާ ވީނުވީއެއް ނޭނގި ގެއްލިފައިވުމާ ގުޅިގެން، ފުލުހުންނާއި އާއިލާއިން ވަނީ ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ މި ކުއްޖާ ގެއްލުނު ދެވަނަ ފަހަރު ކަމެވެ.

ކުއްޖާ ފެނުނު ވަގުތު އާއިލާއާ ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0