އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ ހައްޔަރުކޮށްފި

އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިނުމުގެ ތުހުމަތުގައި 49 އަހަރުގެ މީހަކު މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތަކީ މ. ސްޓާ، މުހައްމަދު ރަޒީންއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮގަސްޓް 1 ވަނަ ދުވަހުގެ ދަންވަރު 1:30 އާއި ހާއިރުއެވެ. މި މައްސަލައިގައި ހަރުގޭގެ ދޮރަށް ގެއްލުން ދީފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. އަދި މައްސަލައިގައި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެމްޑީޕީގެ ހަރުގެތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް ކުރިންވެސް ރިޕޯޓުކުރެވިފައިވާއިރު، މިފަދަ އަމަލުތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.
ރިއެކްޓް



