ޚަބަރު

ފްރާންސުން ޣައްޒާއަށް 40 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދީފި

އޮގަސްޓް 1, 2025 - 21:31
 0
ފްރާންސުން ޣައްޒާއަށް 40 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދީފި
ފޮޓޯ: އެންޕީއާރު

ޣައްޒާގެ ރައްޔިތުންނަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަން ކުޑަކުރުމަށްޓަކައި، ފަރަންސޭސިވިލާތުން މިއަދު ވައިގެ މަގުން 40 ޓަނުގެ އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދީފިއެވެ. 

އިސްރާއީލުގެ ސިފައިން ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެން، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވައިގެ މަގުން އިންސާނީ އެހީ ފޯރުކޮށްދޭން ފަށާފައިވެއެވެ. މި މަސައްކަތުގައި އެންމެ ފުރަތަމަ ބައިވެރިވީ ޖޯޑަންއާއި ޔޫއޭއީއެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބައިވެރިވީ އިނގިރޭސިވިލާތެވެ. އޭގެ ފަހުން ޖަރުމަނާއި ބެލްޖިއަމްއާއެކު ފަރަންސޭސިވިލާތުން ވަނީ ޖޯޑަން މެދުވެރިކޮށް ވައިގެ މަގުން އެހީ ފޯރުކޮށްދިނުމުގެ މަގެއް ގާއިމުކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ވަނީ ޣައްޒާގެ ނާޒުކު ހާލަތު ފާހަގަކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން، ފަސް އަހަރުން ދަށުގެ 5،000 ކުދިންނަށް ވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ފަރުވާ ދޭންޖެހިފައެވެ. އަދި 63 ކުދިން ވަނީ މި ހާލަތުގައި މަރުވެފައެވެ.

މި ހާލަތާ ގުޅިގެން، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ޣައްޒާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި އިންސާނީ އެހީ ބަހާ ތަންތަން ބަލައި، އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު، އެހީ ބެހުމުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ރޭވިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0