"ކުރީ ސަރުކާރު" ކިޔަކިޔާ ތިއްބާ ރާއްޖެ މިދަނީ އަނދިރި ދުވަސްތަކަކާއި ދިމާލަށް: އަމީރު
ރައީސް މުޢިއްޒުގެ ސަރުކާރުން "ކުރީ ސަރުކާރު" ކިޔަކިޔައި ތިއްބާ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ދުވަހެއް ދުވަހެއް ގޯސްވަމުންދާކަމަށާއި ރާއްޖެ މިހާރު މިދަނީ އަނދިރި ދުވަސްތަކަކާއި ދިމާލަށް ކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ އަގު 21ރ އަށްވުރެ މައްޗަށް ގޮސްފައިވާ ޚަބަރެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވަމުން ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމަށް 3 އަހަރު ވެގެންދާއިރު ހައްލުވި ހަމަ އެންމެ ކަމެއްވެސް ނެތް ކަމަށެވެ.
އަދި ކަންބޮޑުވާންޖެހޭ ބާރުމިނުގައި ކަންކަން ގޯސްވެ ބޮއްސުންލަމުންދާއިރު، މާލީ އަދި އިގްތިސާދީ ގޮންޖެހުންތައް ރަނގަޅަށް އެނގި ބަހުސްކޮށް، ފިޔަވަޅު އަޅާނެ ގާބިލްކަމެއް މި ސަރުކާރުގަ ނެތްކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުޢިއްޒުގެ ސަރުކާރު ފެއިލްވާ ކޮންމެ ކަމެއްގައިމެ ދައްކަމުންދާ ބަހަނާއަކީ "ކުރީ ސަރުކާރެވެ."






ރިއެކްޓް