ޚަބަރު

ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން އައްސޭރި ޖަލު ބަލައި ފާސްކުރަން ފަށައިފި

13 ޖުލައި 2026 - 15:53
ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން އައްސޭރި ޖަލު ބަލައި ފާސްކުރަން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

މީގެ ކުރިން ކަރެކްޝަންސްއިން ހާމަކޮށްފައިވާ ގޮތުގައި، ޖަލުތަކުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ޝެޑިއުލްޑް އަދި އަންޝެޑިއުލްޑް ސާރޗް އޮޕަރޭޝަންތައް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދެއެވެ. ނަމަވެސް، އައްސޭރި ޖަލުގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އިންނާއި ފުލުހުންގެ ފަރާތުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މަނާ ތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށް، ޖަލަށް ވައްދާ ތަކެތި ސްކޭން ކުރުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރެއް ބަހައްޓާފައިވާއިރު، މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން ސްކޭން ކުރާނެ ބޮޑީ ސްކޭނަރެއްވެސް ބަހައްޓާފައެވެ.

މީގެކުރިންވެސް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މާފުށީ ޖަލާއި ހުޅުމާލެ ޖަލުގައި މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގާފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0