ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްހާގު ހުސެއިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްހާގު މި މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
އިސްހާގު ހުސެއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރުވަނީ އެ ޓްރައިބިއުނަލްގެ ރަސްމީ ވެބްސައިޓުގައި މިހާރު ތިއްބެވި މެމްބަރުންގެ މައުލޫމާތު ހިމަނާފައިވާ ލިސްޓުން ރައީސްގެ ނަން އުނިކޮށްފައިވުމުންނެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން، ވަޒީފާއާ ގުޅުންހުރި މައްސަލަތައް ބެލުމަށް އުފައްދާފައިވާ މުއައްސަސާއެކެވެ. މި ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރެއްވުމާއި ވަކިކުރެއްވުމުގެ ބާރު ގާނޫނީގޮތުން ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ޓްރައިބިއުނަލްގެ މެމްބަރުން އައްޔަން ކުރެވެނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ މި ޓްރައިބިއުނަލްގައި މިހާރު ތިއްބެވި މެމްބަރުންނަކީ ނައިބް ރައީސް ފާތިމަތު މަހީރާ މުހައްމަދާއި، މެމްބަރުންގެ ގޮތުގައި ހިމެނޭ މަރްޔަމް ރިޝްފާ، ހިކުމާ އަހުމަދު ނިޒާރު، ޝަހީމާ ސަލީމް، ސައުސަން އަލީ، އިޝާރާ އަބްދުލްއަޒީޒް، ފާތިމަތު ސައުސަން އަދި ހަސަން އިބްރާހިމެވެ.






ރިއެކްޓް