އަންހެނުންގެ ޒާތީ ކަންކަމާ ސަރުކާރުން ބެހި، ގޮތް ކިޔާކަށް ނުޖެހޭ: ނަޝީދު
އަންހެނުންގެ ޒާތީ ކަންކަމުގެ ތެރެއަށް ސަރުކާރުން ވަންނަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ސިވިލް ސާވިސް އަންހެން މުވައްޒަފުން ހެދުން އެޅުމުގެ ކަންކަން ހަރުކަށި ކުރުމާ ގުޅިގެން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ވިދާޅުވީ މުސްލިމް ޖިންސުއްލަތީފުންގެ ޒީނަތްތެރި ކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގަ އެ ބައިމީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ ގޮތް ކިޔަން ނުޖެހޭ ކަމަށެވެ.
އަންހެނުންނަށް ބެގީ ނުކުރެވޭ ގޮތަށް ހަދައި ބޮލުގައި ކުލަ ނުޖެއްސޭ ގޮތުގެ އިތުރުން ގިނަ ކަންކަން ހިމަނައި ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ ހަފްތާގައި ނެރުނު އުސޫލާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
ސިވިލް ސާވިސް ކޮމިޝަނުން މި ބަދަލު ގެނައީ އެ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.






ރިއެކްޓް