ޚަބަރު

މަސްވެރިންގެ އިހުތިޖާޖުގައި ސިޔާސީ ޓެގު ނާޅުވާ: އިމްރާން

13 ޑިސެންބަރު 2025 - 21:06
މަސްވެރިންގެ އިހުތިޖާޖުގައި ސިޔާސީ ޓެގު ނާޅުވާ: އިމްރާން
ފޮޓޯ: މިހާރު

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރާ އިހުތިޖާޖުގައި "ސިޔާސީ ޓެގު" ނޭޅުވުމަށް އެ ޔޫނިއަުގެ ނާއިބުރައީސް މުޙައްމ,ަދު އިމްރާން އެދިވަޑައިގަނެފިއެވެ.

ނޫސްވެރިންނާއި ބައދަލުކުރައްވައި މިއަދު އިމްރާން ވިދާޅުވީ ކަމެއް ހުއްޓުވަން ރާއްޖޭގައި ކުރާ އެންމެ އާއްމު އެއް ކަމަކީ އެކަމުގައި ސިޔާސީ ޓެގު އެޅުވުން ކަމަށާއި މަސްވެރިންގެ އިހުތިޖާޖަށްވެސް ވެގެން އުޅެނީ އެހެން ކަމަށެވެ.

އަދި މަޖިލިސް މެންބަރު މައުރޫފު ޒާކިރު އިހުތިޖާޖުގައި ބައިވެރިވުމަކީ އިހުތިޖާޖު ސިޔާސީ ކުރަން ޖެހޭ ކަމެއް ނޫންކަމަށާއި މަޢުރޫފަކީ ފެށުނީއްސުރެވެސް މަސްވެރިންގެ ޔޫނިއަނުގައި ހަރަކާތްތެރިވީ ބޭފުޅެއް ކަމަށް އިމްރާން ހަނދާން އައު ކޮށްދެއްވިއެވެ.

އެގޮތުން 2020 ވަނަ އަހަރު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނު ވުޖޫދޫ ވީއިރުވެސް މައުރޫފަކީ މަސްވެރިންގެ ތެރޭގައި މަސްދޯންޏެއްގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށާއި މިއަދު މަޢުރޫފަކީ މަޖިލިސް މެންބަރަކަށް ވުމުން އިހުތިޖާޖާއި ދިމާލަށް ސަރުކާރުން ސިޔާސީ އިނގިލި ދިގުކުރާކަމަށް އިމްރާން ތުހުމަތު ކުރެއްވިއެވެ.

މައުރޫފު ޒާކިރު ހައްޔަރު ކުރުމަށްފަހު ކޯޓުން 5 ދުވަހަށް ބަންދުކޮށްފައިވާއިރު އޭނާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0